ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވ. ފެލިދޫ ދާއިރާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި އެކަން ޢިއުލާން ކުރައްވައިފިއެވެ.
ޢަލީ ޒާހިރު މިކަން ޢިއުލާން ކުރެއްވީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، މި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިޢުލާންކުރާ ކަމަށެވެ.
ޢަލީ ޒާހިރު ވަނީ އެކަމަށް އެ ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
އަލީ ޒާހިރަކީ އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ، އެ ޕާޓީގެ އިސް މެންބަރެކެވެ. ނަމަވެސް އޭނާ ފެލިދޫ ދާއިރާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަނީ ކޮން ޕާާޓީއެއްގެ ޓިކެޓްގައި ކަމެއް ނުވަތަ މިނިވަންކޮށްކަމެއް އަދި ނޭނގެއެވެ.
އަލީ ޒާހިރަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޒާހިރުގެ އަނބިކަނބަލުން ނިސްބަތްވާ ދާއިރާއަކީ ފެލިދޫ ދާއިރާ އެވެ.
އަލީ ޒާހިރު ފެލިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ