މޫސުން ވަރަށް ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު

މެޓުން މިހާރު ވަނީ ނ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީންދޫ ސަމާލު ވެސް ނެރެފައެވެ.
ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް -- ހުދު ސަމާލު ނެރެފި އެވެ.
ނިމިދިޔަ ހަފްތާއެއްހާ ދުވަހަކީ ވެސް ރާއްޖެ އަށް ވަރަށް ވިއްސާރަ ދުވަސްތަކެކެވެ. ރެއިން ފެށިގެން މާލެ ސަރަހައްދަށް ވެސް ހުއްޓުމެެއް ނެތި ދަނީ ވާރޭވެހެމުންނެވެ.މީގެ ފަސްގަޑިއިރު ކުރީން މެޓުން ފުރަތަމަ ނެރުނީ ރ އަތޮޅުން ވ އަތޮޅަށް ރީންދޫ ސަމާލު އެވެ. އެ ސަމާލު ގައި ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ. އަދި ކަނޑުތައް ވަރަށް ގަދަވެ ވައިވެސް ގަދަ ވާނެ ކަމަށް އިންޒާރު ކޮށްފައި ވެއެވެ.އޭގެ ފަހުން އެލާޓަށް ބަދަލު ގެނެސް މުޅި ރާއްޖެ އަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރުނީ މެންދުރު 1:30 ހާ ހަމައަށެވެ. އެ ވަގުތާއި ހަމައަށް ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެއެވެ.މެޓުން މިހާރު ވަނީ ނ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީންދޫ ސަމާލު ވެސް ނެރެފައެވެ.މޫސުން ގޯސްވެ މާލެ ސިޓީއަށް ހުއްޓުމެއް ނެތި ވާރޭވެހި މަގުތަކާއި ގޯޅިތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމާ ދަތުރުފަތުރަށް ވަނީ ބުރޫއަަރާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ