ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިންނަށް އަލުން ފުރުސަތު ދެނީ
ސިއްހީ ދާއިރާ އަށް ކުރިން ހިދުމަތްކޮށް، އެކި ސަބަބުތަކާ ހުރެ ވަޒީފާ އިން ދުރުގައި ތިބި ތިބި ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކެބިނެޓުން ފާސްކޮށްފި އެވެ.ސަރުކާރުން މި ނިންމުން ނިންމީ މިދިޔަ އާދިއްތަ ދުވަހު އޮތް ކެބިނެޓް ބައްދަލްވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމެއް ގައި ކެބިނެޓްގެ އެ ނިންމުން ހާމަ ކުރައްވާ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި އެކި ސަބަބުތަކާ ގުޅިގެން ވަޒީފާއިން ވަކިވެފައިވާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރީންނަށް އަލުން ހިދުމަތަށް ނިކުތުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ.އެގޮތުން މިހާރުން މިހާރަށް ހިދުމަަތަށް ނިކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ނިންމާ ހާއްސަ ރެކްރޫޓްމަންޓް ޕްރޮސެސް އެއްގެ ތެރެއިން އެ މީހުންނަށް ވަޒީފާގެ ފުރުސަތު ދޭނެ ކަމަށެވެ. ވަޒީފާ އަށް ނުކުންނަން ބޭނުންވާ ހިދުމަތްތެރިންގެ ތެރެއިން 8 ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރެވޭނެ މީހުންނަށް ވެސް ފުރުސަތު ފަހިކޮށްދީ، މަސައްކަތް ކުރާ ވަގުތަށް ވަކި އުޖޫރައެއް ދިނުމަށް ކަނޑައަޅައި ސިވިލް ސާވިސް ގަވައިދުގައި ހިމެނުމަށް ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.ނާޒިމް ވިދާޅުވީ، އުމުރުން 55 އަހަރުން މަތީގެ ނުވަތަ ރިޓަޔާ ކޮށްފައިވާ ސިއްހީ ހިދުމަތްތެރިންގެ ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ގާބިލު ނަމަ ކޮންޓްރެކްޓު އުސޫލުން ވަޒީފާ ދިނުމަށް ވެސް ހަމަޖައްސައިފައިވާ ކަމަށެވެ.ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާ އެ ނޫން މުހިންމު ބައެއް ދާއިރާތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދޭން ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ "ހަފްތާ14" ނިމެންވާ އިރަށް އެކަމާއި ގުޅޭ އުސޫލު އެކުލަވާލާ ފުރުސަތު ފަހިކޮށް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ