މާލެ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތަށް ޕާކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ތަރައްގީކުރެވޭ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ޕާކިން އިމާރާތްތަކާ ގުޅޭ ޤަވައިދެއް އެކުލަވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާފައިވާ މި ޤަވާއިދަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއ،ި ޕާކިންގ ޖާގަ އިތުރުކުރުމާއ،ި ޕާކިންގ ޖާގަ ކުއްޔަށް ދިނުމާއ،ި ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ބޭނުންވާ ގަރާޖު އާންމުންނަށް ލުއިފަސޭހަގޮތެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤަވައިދެކެވެ.
މި ޤަވާއިދުގެ ދަށުން ތަރައްޤީކުރާ ޕާކިން އިމާރާތްތަކުގައި ޕްރައިވެޓް އަދި ޕަބްލިކް ޕާކިންތައް ހިމަނަން ޖެހެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީ ކުރާ މިފަދަ ޕާކިން އިމާރާތްތަކުގައި ކުރެހުންތަކުގައި ކަނޑައަޅާފައިވާ މިންވަރަށް ޕާކިން ޖާގަ އިމާރާތުގައި ހުންނަން ޖެހޭނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ޕާކިންގ އިމާރާތުގައި ކަނޑައެޅިފައިވާ ޖުމުލަ ޕާކިންގގެ ތެރެއިން ތިން ފުރޮޅުލީ އުޅަނދުފަހަރަށާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕްރައިވެޓް ޕާކިންގގެ ގޮތުގައި 80 އިންސައްތައަށް ވުރެ އިތުރުނުވާނެހެން ޚާއްސަކުރަންޖެހެއެވެ.
މި ޤަވާއިދުގައި ވާގޮތުން ޕާކިންގ އިމާރާތުގައި ކަނޑައެޅިފައިވާ ޖުމުލަ ޕާކިންގގެ މަދުވެގެން 20 އިންސައްތަ ޕަބްލިކް ޕާކިންގގެ ގޮތުގައި ޚާއްސަކުރަންޖެހެއެވެ. އަދި ޕަބްލިކް ޕާކިންގެ ތެރެއިން މަދުވެގެން ފަސް އިންސައްތަ ދެ ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ޕާކިންގ ޖާގައިގެ ގޮތުގައި ކަނޑައަޅަންވެސް ޖެހެއެވެ.
މިޤަވާއިދުގައި ވާގޮތުން، ޕާކިންގ އިމާރާތްތަކުގައި ޕަބްލިކް ޕާކިންގގެ ގޮތުގައި ކަނޑައަޅާ ވަކި ވަގުތަކަށް އުޅަނދު ޕާކުކުރުމުގެ ފީ ނަގައިގެން ދޫކުރާ ޖާގަތަކާއ،ި ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތައް ކުއްޔަށް ދޫކުރެވޭނ،ީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށާއ،ި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކަށާއ،ި މުއްދަތު ހަމަނުވާ ޞައްޙަ ވިސާއެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށެވެ.
ޕާކިން އިމާރާތްތަކުގެ މިންގަނޑުތަކާބެހޭ ޤަވާއިދެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ