އަހަރުގެ ފުރަތަމަ ހަތަރު މަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް 714 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 22.6 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް ލިބިފައިވަނީ، 714 މިލިޔަން ރުފިޔާއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް ލިބުނު 582 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 22.6 އިންސައްތަ އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދަޢުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އެގޮތުން އެ މަހު މީރާއަށް 440 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
* ޖަނަވަރީ : 90 މިލިޔަން ރުފިޔާ
* ފެބުރުއަރީ : 18.7 މިލިޔަން ރުފިޔާ
* މާރިޗު : 440 މިލިޔަން ރުފިޔާ
* އެޕްރީލް : 128 މިލިޔަން ރުފިޔާ
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެެއިން އޮޕަރޭޝަނަށް ގެެނެސްފައިވާ ފެސިލިޓީގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރު ފެށުނުއިރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް ފެސިލިޓީތަކުގެ އަދަދު 67,470ގައި ހުރިއިރު، މި އަދަދު މިހާރު ވަނީ 67,302 އަށް އަރާފައެވެ.
މީގެ ތެރެއިންވެސް އެންމެ ގިނައީ ރިސޯޓުތަކާއި، މެރީނާތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ ފެސިލިޓީތަކެވެ. އެގޮތުން 179 ރިސޯޓެއްގައި މިވަގުތު 44,977 އެނދު އޮޕަރޭޝަނުގައި އެބަހުއްޓެވެ. މީގެ އިތުރުން 918 ގެސްޓްހައުސްއެއްގައި 16,190 އެނދު އޮޕަރޭޝަނުގައި ހުރިއިރު، 171 ސަފާރީ އުޅަނދުގައި 3,481 އެނދު އެބަހުއްޓެވެ. އަދި 16 ހޮޓަލެއްގައި މިވަގުތުވެސް 2,654 އެނދު އޮޕަރޭޝަނުގައި އެބަހުއްޓެވެ.
އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބިމު ކުލިން 714 މިލިޔަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ