ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ހޯދި ޕޮއިންޓާއެކު ގަތަރުގެ އުއްމީދުތައް މަތިވެއްޖެ ކަމަށް ކޯޗު ހޫލިއަން ލެޕޮޓީގް ބުނެފި އެވެ.
ސްވިޒަލޭންޑާ ވާދަކޮށް ގަތަރުން މެޗުން އެއްވަރު ކުރީ ވާލަމް ކޮކީ 94 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މިއީ ގަތަރުގެ ހަޔާތުގައި ވެސް ވޯލްޑް ކަޕެއްގައި ހޯދި ފުރަތަމަ ޕޮއިންޓެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގައި ކޮންމެ ޓީމެއް މެޗެއް ކުޅުނުއިރު ހުރިހާ ޓީމެއް ވަނީ ހަމަހަމަވެފަ އެވެ. ކޯޗު ބުނީ މިއީ މިއާއެކު އިތުރު ކަންތައްތަކަށް އުއްމީދު ކުރަން ގަތަރަށް ހައްގު ކަމަށެވެ.
"އަހަރުމެންގެ އުއްމީދެއ މިހާރު ވެސް ހާސިލް ވެއްޖެ. އެއީ ވޯލްޑް ކަޕަށް ކޮލިފައިވުން. ދެން މި މެޗުން ޕޮއިންޓެއް ލިބުނީމާ އިތުރަށް އުއްމީދު ކުރެވޭނެ. މިއަދު މި ހާސިލްވީ ކުޑަކުޑަ އުއްމީދެއް. އަހަރުމެން އުއްމީދު ކުރިން، އަދި ވާނެ ކަމަށް ގަބޫލު ވެސް ކުރިން، އެކަމަށް މަސައްކަތްކޮށް ކެތްތެރިވިން. މި ޕޮއިންޓަކީ އެ ހުރިހާ ކަމެއްގެ ނަތީޖާ،" ސްޕޭނުގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ މުބާރާތުގެ ދެ ވަނަ މެޗަށް ތައްޔާރުވާން ޖެހޭއިރު ގަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވޯލްޑް ކަޕުގެ ތަޖުރިބާ މަދުވުން ކަމަށެވެ.
"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަރާމުކޮށް އަނެއް މެޗަށް ތައްޔާރުވާން ޖެހޭ. މިވަރުގެ ތަޖުރިބާއެއް އަހަރުމެންގެ ކުޅުންތެރިންގެ މަދު،" ކޯޗު ބުންޏެވެ.
މުބާރާތުގައި ގަތަރު ދެން ނުކުންނާނީ ބުރާސްފަތި ދުވަހު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށެވެ.
ތާރީހީ ޕޮއިންޓާއެކު ގަތަރުގެ އުއްމީދު ހާސިލް ވެއްޖެ: ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ