ވޯލްޑްކަޕް ވޯލްޑްކަޕް އީރާނާއި ނިއު ޒިލޭންޑް މެޗު ވެސް އެއްވަރު

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި އީރާނާއި ނިއު ޒިލޭންޑް ބައްދަލުކުރި މެޗު، 2-2 އިން އެއްވަރުވެއްޖެއެވެ.
ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ނިއު ޒިލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ ޓީމުގެ އިލައިޖާ ޖަސްޓް ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް، އީރާނުން ދެ ފަހަރުވެސް ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް، މެޗުގެ ފޯރި އިތުރަށް ގަދަކޮށްދިނެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އިލައިޖާ ޖަސްޓް ގޯލެއް ޖަހައި ނިއު ޒިލޭންޑަށް ކުރި ހޯދައިދިނެވެ. މިއީ ނިއު ޒިލޭންޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވިއެވެ. ނަމަވެސް، 33 ވަނަ މިނެޓުގައި ރާމިން ރެޒާއިއަން ވަނީ އީރާނަށް ގޯލެއް ޖަހައިދީ، މެޗުގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ.
ދެވަނަ ހާފުގައި އަނެއްކާވެސް ޖަސްޓް ގޯލެއް ޖަހައި ނިއު ޒިލޭންޑް 2-1 އިން ކުރިއަށް ގެންދިޔައެވެ. ނަމަވެސް، މުހައްމަދު މޮހެބީ އީރާނަށް ގޯލެއް ޖަހައިދީ މެޗުގެ ނަތީޖާ 2-2 އިން ހަމަހަމަކުރިއެވެ. މެޗުގެ ފަހު މިނެޓުތަކުގައި ދެ ޓީމުން ވެސް މޮޅުވާން މަސައްކަތްކުރި ނަމަވެސް، އިތުރު ގޯލެއް ނުޖެހި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އީރާނާއި ނިއު ޒިލޭންޑްގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމާއި މިސްރާއެވެ. އެ ދެ ޓީމުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ