މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރިއަށްދިޔައީ ދިވެހިރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު ޖަޕާނުގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ސަފީރު މަހުލޫފު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ތަރައްގީގައި ޒަމާންވީ ގާތް ބައިވެރިއެއް ކަމަށެވެ. އެގޮތުން، ޓެކްނިކަލް ދާއިރާއިންނާއި ކެޕޭސިޓީ އިތުރުކުރުމާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އެ ޤައުމުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖެއާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް އެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު ވިދާޅުވީ ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރުވާއިރު ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ސަފީރު އަހުމަދު މަހުލޫފު ވިދާޅުވިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ