މާފުށީ ޖަލުގައި ބެހެއްޓި ބެގޭޖް ސްކޭނާ މެޝިން ބޭނުންކުރަން ފަށައިފި

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މާފުށީ ޖަލުގައި އަލަށް ބެހެއްޓި ބެގޭޖް ސްކޭނާ މެޝިން ބޭނުންކުރަން ފަށައިފިއެވ.
"ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ސްޕެސިފިކްކޮށް ވިދާޅުވެފައިވާނެ މި ޖަލުގައި ސްކޭން މެޝިންތައް ބަހައްޓާނެ ވާހަކަ މިއަހަރު ނިމުމުގެ ކުރިން. އެހެންވީމަ ރައީސް ވިދާޅުވި ވިދާޅުވުން އަޅުގަނޑުމެން ތަންފީޒުކޮށްފައި މިއަދު މިއޮތީ،" އިހުސާން ވިދާޅުވިއެވެ.
މާފުށީ ޖަލު ހިންގާތާ ބައި ގަރުނު ވެފައިވާއިރު، މިފަދަ ފެސިލިޓީއެއް މިހާތަނަށް ގާއިމްވެފައި ނެތުމަކީ ބޮޑު އިހުމާލެއްގެ ގޮތުގައި މިނިސްޓަރު އިހުސާން ވަނީ ސިފަކުރައްވާފައެވެ. މި ފަދަ މެޝިނެއް ބެހެއްޓި، ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވުން ފެށުމަކީ، ޖަލުތަކުގެ ސަލާމަތީކަންކަން ވަރުގަދަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމުގައި ސަރުކާރުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ