އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕީއެޗްޑީ އަށް ކިޔެވުންވެސް ހިމެނޭހެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސްކޯލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ، މި ސްކޯލަޝިޕްގައި، ބެޗެލަސް ޑިގްރީ، މާސްޓަސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔަވަނަް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ކިޔަވަން ބޭނުންވާ ކޯސް ފުރިހަމަ ކުރުމަށްފަހު، 5 އަހަރުގެ މުއްދަތަކަށް ދިވެހި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭގެ ސްކޮލަޝިޕްގައި ހިމެނެނީ، މެލޭޝިއާގެ ސެލަންގޯ ޔުނިވަސޓީއިން ހިންގާ ބެޗްލަރ އޮފް އެކައުންޓިންގ އާއި، އެގައުމުގެ އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ އިން ހިންގާ މާސްޓަރ އޮފް ލޯސް އަދި މާސްޓަރ އޮފް އިކޮނޮމިކްސް އާއި، އެގައުމުގެ އިންސީފް ޔުނިވަސިޓީ އިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމެވެ.
ޕީއެޗްޑީ ހަދަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފައިވާ ފުރުސަތުތަކުގެ ތެރޭގައި، ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން) ނުވަތަ، ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ރިސާޗް) ނުވަތަ ޕީއެޗްޑީ އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް) ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ