ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް އެމްޑީޕީން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމެވެ. ނަޝީދު ރިޔާސަތުގައި އިންނަވައިގެން ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓޭރިއެޓުން ހުށަހެޅި މި ގަރާރުގައި މައިގަނޑު ގޮތެއްގައި ދެ ކަންބޮޑުވުމެއް ފާހަގަކޮށްފައިވެއެވެ.
މިރޭގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގެ ދަށުން، ބުރާސްފަތި ދުވަހު ބާއްވާ އިހުތިޖާޖުގެ އިތުރުން، ވަޒީފާ ގެއްލޭ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.
އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ