މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިމާވަމުންދާ ދަތިތައް އަމިއްލަ ކުންފުނިތަކެކޭ އެއްގޮތަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ވެސް އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެެވެ.
ތަފްސީލް - ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކޮށް، ފިޔަވަޅުތައް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ މަހުގެ ބާވަތްތައް ރާއްޖެއިން ބޭރުކުރަން ފްލައިޓަށް ދައްކަން ޖެހޭ އަގު ބޮޑުވުން ކަމަށެވެ. އެ އަގަށް ބަދަލު ގެނައުމަކީ ސަރުކާރަށް ސީދާ ކުރެވޭނެ ކަމެއް ނޫންކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެއާލައިންތަކާ ވާހަކަދައްކައިގެން އަގަށް ބަދަލުތަކެއް ގެނެވޭތޯ ބަލަމުންދާ ކަމަަށެވެ.
ކުންފުނިތަކުން އެތެރޭގެ ދަތުރުފަތުރަށާއި ރާއްޖެއިން މަސް ބޭރުކުރުމަށް ކުރާ ހަރަދު ކުޑަކުރަން ވެދެވެން އޮތް އެހީތެރިކަމެއް ވަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މަހުގެ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ:
މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ނުދެވުނަސް، ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް އަންނަނީ ކޮށްދެމުން
ރަށްރަށުގައި ހުރި މަސް ޕްރޮސެސް ކުރާ ތަންތަނަށް ވެސް، ކައުންސިލުތަކާ ގުޅިގެން، ދެވެން ހުރި ލުއިތައް ދަނީ ފޯރުކޮށްދެމުން
"ޕްރޮސެސިންގައި ތިބި ކުންފުނިތަކަށް އޮތް ގޮންޖެހުން އެގޮތުގައި އެބަ އޮތް. ނަމަވެސް ސަރުކާރުން މި ބަލަނީ، އެނގިވަޑައިގަންނަވާނެ، އެއީ އަމިއްލަ ކުންފުންޏެއް ވިޔަސް [ސަރުކާރު ހިއްސާވާ] އެސްއޯއީ ކުންފުންޏެއް ވިޔަސް އެންމެ ގިނަ މަސްވެރިން އަތުން މަސް މިި ގަންނަނީ މިިފްކޯއިން. މިފްކޯއަށް ވެސް އެ ގޮންޖެހުންތައް ހަމަ ޕްރައިވެޓް ސެކްޓާއާ އެއްގޮތަށް އޮތީ. ވަކި މިފްކޯގެ އޮޕަރޭޝަނަކަށް ގޮންޖެހުން ކުޑައެއްް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
އަމިއްލަ ކުންފުނިތަކަށް އޮތް ގޮންޖެހުން މިފްކޯއަށް ވެސް އެބައޮތް: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ