މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިދިޔަ އަހަރާ އަޅައިބަލާއިރު މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ އަދި އެޕްރީލް މަހު 26.5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް އެ ނިސްބަތް 8.9 އިންސައްތައަށް ކުޑަކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނޭ ބިނާރު ޤާއިމުކުރެވިފައިވާކަމަށާއި، އެސްޓީއޯ މެދުވެރިކޮށް ހުރި ލޮޖިސްޓިކަލް ދަތިތައް ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި މަސް ޕްރޮސެސްކުރާ ކުންފުނިތަކާއި ދަނޑުވެރިކަމުގެ ޚަރަދުތައް ކުޑަކުރުމަށް ފަހި ގޮތްތަކެއް ހޯދަމުންދާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު އަދި ކޮމިޓީގެ ޗެއަރ މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ ޙާލަތަށް އަންނަ ބަދަލުތަކާއެކުވެސް ތެލާއި، ކާޑާއި، އަސާސީ މުދާގެ ބާވަތްތައް ދަތިކަމެއް ނެތި ލިބޭނޭ އިންތިޒާމު ހަމަޖައްސަވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ދަރަނިތައް އަދާކުރަމުންދާއިރު، މިހާރު ޤައުމުގެ ދަރަނި ވަނީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިފައިކަން ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމަށް ލިބެމުންދާ ހީނަރުކަމުން އަރައިގަތުމުގައި ކާމިޔާބީ ލިބެމުން އެބަދޭ: ކޮމިޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ