8 ބުރު ވޯޓު ލައިގެން މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކަށް ޒައީމާ

ޖުމްލަ އަށް ފަހަރު ވޯޓުލައިގެން އދ. މަހިބަދޫގެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އިދިކޮޅު އެމްޑީޕީއިން ވާދަކުރެއްވި ޒައީމާ މުހައްމަދު ހޮވިއްޖެ އެވެ.
ވީ ކިހިނެއް؟ - ކައުންސިލްތަކުގެ އާ ދައުރަށް އިންތިހާބުކުރި ކައުންސިލަރުން ހުވާކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ތަފްސީލު - ގާނޫނީ ގޮތުން ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު ހޮވަން ޖެހެ އެވެ. މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވި ދިގުލައިގެންދިޔައީ ވޯޓުގެ ނަތީޖާ އެއްވަރުވާތީ އެވެ.
ފުރަތަމަ ނެގި ވޯޓުގައި:
އެމްޑީޕީއަށް ނިސްބަވްވެވަޑައިގަންނަވާ ޒައީމާ މުހައްމަދަށް ލިބިވަޑައިގަތީ ދެ ވޯޓު
ޕީއެންސީއަށް ނިސްބަވްވެވަޑައިގަންނަވާ މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ ދެ ވޯޓު
އަމިއްލަ ގޮތުން ކުރިމަތިލެއްވި ބުންޔާމީން ހަސަނަށް ލިބިވަޑައިގަތީ އެއް ވޯޓު
އޭގެ ފަހުން ނެގި ހަ ވޯޓުގައި ޒައީމާއަށް ދެ ވޯޓު އަދި މައުމޫނަށް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު، ނަތީޖާ ނުނެރެވުނީ ބާތިލު އެއް ވޯޓުގެ ސަބަބުންނެވެ.
ނަމަވެސް އަށްވަނަ ފަހަރު ނެގި ވޯޓުގައި ޒައީމާ ވަނީ ތިން ވޯޓާ އެކު ކުރި ހޯއްދަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ