އިންޑިއާގެ އެންމެ ދުވަސްވީ ބޮޑުވަޒީރަކަށް މޯދީ ވުމުން ރައީސް މުއިއްޒުގެ މަރުހަބާ

އިންޑިއާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުރަ މޯދީ ވެވަޑައިގަތުމުން ރައީސް މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - އެކަން ފާހަގަކޮށް، ރައީސް މުއިއްޒު މޯދީއަށް މަރުހަބާ ވިދާޅުވީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"ރާއްޖެއިން އެދެނީ އިހުތިރާމާއި އިސްތިގުލާލީ ހަމަހަމަކަމާއި ހިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުން،" އެ ޕޯސްޓުގައި ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - މޯދީ އިންޑިއާގެ ބޮޑުވަޒީރަކަށް ފުރަތަމަ ވެވަޑައިގަތީ މެއި 2014ގަ އެވެ. އަދި މިހާރު އަދާކުރައްވަމުން އެ ގެންދަވަނީ އެ މަގާމުގެ ތިން ވަނަ ދައުރެވެ.
މީގެ ކުރިން މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރަކީ ޖަވާހިރުލާލް ނެހެރޫ އެވެ. އެއީ މުޅީ ޖުމްލަ 4،398 ދުވަހުގެ މުއްދަތަކަށެވެ.
މޯދީ ވަނީ މިއަދު އެ މުއްދަތު ކަޑައްތު ކުރައްވައި، ބޮޑުވަޒީރުގެ މަގާމުގައި 4،399 ދުވަސް ހަމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ