ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދާއިރު އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކަށް އިސްކަންދޭން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގައެވެ.
ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންނަށް އެހީތެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބޭ އުފަލެއް ކަމުގައި ދެކުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ޢީދުގެ ޙަޤީޤީ ޖައުހަރަކީ ތަޤުވާވެރިކަމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުންކަން ހަނދާންކޮށްދެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ ޢީދުގެ ކުޅިވަރުތައް ކުރިއަށްގެންދާއިރު، ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ. އަދި މި ޢީދަކީ ރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް އަމާންކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ މުނާސަބަތެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
ޢީދު ފާހަގަކުރަންވާނީ އިސްލާމީ އުސޫލުތަކާއި ދިވެހި އާދަކާދަތަކާ އެއްގޮތަށް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ