ރާއްޖޭން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި ބައްޔަށް އިތުރު ދެ މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެ ބައްޔަށް ދެ މީހުން ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ ހަފްތާ އެވެ.
އެޗްޕީއޭއިން މިއަދު ބުނީ އިތުރު ދެ ކޭސް ފެނިފައިވާ ކަމަށެވެ.
އެއާއެކު ހިމަބިއްސަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު މިހާރު ނުވަޔަކަށް އަރައިފަ އެވެ. އޭގެ ތެރެއިން ހަ ކޭހަކީ މި މަހު ފެނުނު ކޭސްތައް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ ބަލިން ރައްކާތެރިވާން ރާއްޖޭގައި ދެ ޑޯޒުގެ ވެކްސިން ޖަހަ އެވެ. ފުރަތަމަ ޑޯޒް ނުވަ މަހުގައި އަދި ދެވަނަ ޑޯޒު ޖަހަން ޖެހެނީ ކުއްޖާއަށް ދޮޅު އަހަރުގަ އެވެ.
ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެ އެވެ.
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ.
ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ