އޮލިމްޕިކް ސޮލިޑާރިޓީގެ ތެރެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) މެދުވެރިކޮށް، އެމެރިކާގެ ލޮސް އެންޖެލްސްގައި 2028 ގައި ބާއްވާ އޮލިމްޕިކްސް އަށް އަމާޒުކޮށް ލިބޭ ސްކޮލަޝިޕް، ހަ އެތުލީޓަކަށް ދީފި އެވެ.
އެ ގޮތުން، މި ފަހަރު ސްކޮލަޝިޕް ލިބުނު އެތުލީޓުންނަކީ، 2024 ގައި ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގައި ވާދަކުރި، ޓޭބަލްޓެނިސް ތަރި، ފާތިމަތު ދީމާ އަލީ އާއި ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ)ގެ އިތުރުން، އެތުލެޓިކްސްގެ އާދަމް ރިއްފަތު، ޝޫޓިން އިން މަރިޔަމް އީޝަލް މިސްބާހު، ސާފިން އިން މުހައްމަދު އިނާން އަބްދުލް ހަންނާން އަދި ސްވިމިން އިން އިފްޒާލް އިބްރާހިމް މަހުފޫޒް އެވެ.
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ރޭ ކުރިއަށްދިޔައިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ، އޮލިމްޕިކް ސޮލިޑާރިޓީގެ ތެރެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) މެދުވެރިކޮށް ލިބޭ ސްކޮލަޝިޕްތައް ދެވިފައިވާ ކަމަށެވެ.
"އައިއޯސީން އަޅުގަނޑުމެންނަށް ލިިބިފައިވާ ސްކޮލަޝިޕެއް، އޭގައި ހަ ކުޅިވަރަކުން ހަ އެތުލީޓުން މި ހޮވުނީ، އެ ސްކޮލަޝިޕަކީ އޭގެ ޒާތުގައި އިންޑިވިޖުއަލް އޮލިމްޕިކް ސްޕޯޓަށް ލިބޭ ފުރުސަތުތަކެއް، އަޅުގަނޑުމެން ހުޅުވާލައިގެން، އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގެ ހަ އެތުލީޓުންނަށް މި ލިބުނީ، މިއީ ހަތަރު އަހަރު ދުވަހުގެ ސްކޮލަޝިޕެއް، މި އަންނަ އެލްއޭ 28އާ ހަމައަށް ދެވޭ ޓްރެއިނިން ސްކޮލަޝިޕެއް ހަގީގަތުގައި، ކޮންމެ ކުއްޖަކަށް 1500 ޑޮލަރު މި ލިބެނީ އެއް މަހަށް، ހަތަރު އަހަރު ވަންދެން،" އެެމެރިކާގެ ލޮސް އެންޖެލްސްގައި 2028 ވަނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް އަމާޒުކޮށް ލިބުނު ސްކޮލަޝިޕްތަކާ ބެހޭގޮތުން، ތަމޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ބައެއް އެތުލީޓުން މިހާރު ވަނީ ސްކޮލަޝިޕްގެ ބޭނުންހިފައި ރާއްޖޭން ބޭރަށް ގޮސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީންތައް ފަށާފައި ކަމަށެވެ.
"އޭގެ އިތުރުން ކުރިއަށް އޮތް އެތުލީޓުން ވެސް ދަނީ ހައި ޕަފޯމަންސް ސެންޓަރުތަކާ ވާހަކަ ދެކެވެމުން، އެ ޓްރެއިނިންތައް ކުރިއަށްގެންދިއުމާ ބެހޭގޮތުން،" ތަމޫ ވިދާޅުވި އެވެ.
"އަދަދު ސްޕޯޓްސް" އަށް ތަމޫ ވިދާޅުވީ، ހުރިހާ އެތުލީޓުން ވެސް ޓްރެއިނިންގެ ކަންކަން ފަށާފައިވާ ކަމަށާއި އެކި މަރުހަލާތަކުގައި ތިބި ކަމަށެވެ. އެ ގޮތުން، ޓްރެއިނިންގައި މި ވަގުތު ހުރީ ސްވިމިންގެ އިފްޒާލް ކަމަށެވެ. އަދި، ސްކޮލަޝިޕް ލިބުނު، ގައުމީ އެތުލެޓިކްސް ޓީމު އަދި، ސާއިދު ސްޕޯޓްސްގެ އެތުލީޓު، ރިއްފަތު ވަރަށް އަވަހަށް ޓްރެއިނިން އަށް ދާނެ ކަމަށެވެ.
އޮލިމްޕިކް ސްކޮލަޝިޕް ދީމާ، ނަބާ، ރިއްފަތު، އީޝަލް، އިނާން އަދި އިފްޒާލަަށް އޮލިމްޕިކް ސްކޮލަޝިޕް ދީމާ، ނަބާ، ރިއްފަތު، އީޝަލް، އިނާން އަދި އިފްޒާލަަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ