ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ނަޝްވާ ޢަބްދުﷲ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ.
އޭނާ އެ މަގާމުން ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން އުފެއްދީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އެ ކޯޕަރޭޝަން އުފެއްދީ ފެބްރުއަރީ 11, 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަން ކަމުން ނަޝްވާ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ