އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި
ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށް އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޗެއާޕާސަން ނަޝްވާ އަބްދުﷲ، މިއަދު މަގާމުން ވަކިކޮށްފިއެވެ. ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އެފްޑީސީގެ ޗެއާޕާސަން ކަމުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުން މިއަދުން ފެށިގެން ނަޝްވާ ވަކިކޮށްފައި ވާކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. https://x.com/pcb_gov/status/2026964591784370178 ނަޝްވާ އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ މި ސަރުކާރުގައި، ޖަނަވަރީ 8، 2024ގައެވެ. ނަޝްވާއަކީ ޕަބްލިކް ހައުސިން އަދި އިންފްރަސްޓްރަކްޗާގެ ދާއިރާއިން 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެކި މިނިސްޓްރީތަކުގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ