ކައުންސިލުން ތިން ލައްކަ ޚަރަދުކޮށް، ރަށުގެ 504 މީހުންނަށް ހަދައިދިނީ ހިތްގައިމު ބީޗެއް

ކުޑަކުޑަ އާބާދިއެއް އޮންނަ ނ. ފޮއްދޫގެ ކައުންސިލުން ތިން ލައްކައަށްވުރެ ގިނަ ފުރިޔާ ޚަރަދުކޮށް، އެ ރަށުގެ ރައްޔިތުންނަށް ހިތްގައިމު ބީޗެއް ހަދައިދީފިއެވެ. "ކައްތިރި ބީޗް"ގެ ނަން ދީފައިވާ އެ ބީޗަކީ ފޮއްދޫ ކައުންސިލުން 345,016.95 ރުފިޔާ ޚަރަދުކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ބީޗެކެވެ. އާބާދީގައި 504 މީހުން ދިރިއުޅޭ ފޮއްދޫގެ، ކައުންސިލް ނައިބު ރައީސް އަޙްމަދު އިމްރާޙް ވިދާޅުވީ، އެ ރަށުގައި ފަތުރުވެރިންނަށް ޚާއްސަ ބީޗެއް އޮންނަ ކަމަށެވެ. އެހެންކަމުން މިއީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި ބީޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނ. ފޮއްދޫ 'ކައްތިރި ބީޗް" ގައި ހަދާފައި ހުރި ރެސްޓޯރެންޓް--ފޮޓޯ/ ފޮއްދޫ ކައުންސިލް މިހާރު ހުޅުވާފައިވާ މި ބީޗުގައި، ރެސްޓޯރެންޓެއްގެ އިތުރުން، ބާބެކިއުތައް ބާއްވާނެ ސަރަހައްދަކާއި، ހިތްފަސޭހަ ކޮށްލަން ތިބެލެވޭނެ ހިތްގައިމު ތަންތަން ހުންނާނެކަމަށް ކައުންސިލްގެ ނައިބު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ކައްތިރި ބީޗަށް ޒިޔާރާތް ކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެންނަށް ހުޅުވާލެވިފައިވާކަމަށެވެ. އަދި ފަތުރުވެރިންނަށް، އާންމު ތަންތަނުގައި އުޅެން ޖެހޭ މިންގަނޑުތަކާ ޚިލާފު ނުވާނެހެން ޒިޔާރަތް ކުރުމުގެ ފުރުސަތު އޮންނާނެކަން އިމްރާޙް ފާހަގަކުރެއްވިއެވެ. ނ. ފޮއްދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ހަދައިދިން 'ކައްތިރި ބީޗް': މި ބީޗް ހެދުމަށް ކައުންސިލުން ވަނީ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފަ -- ފޮޓޯ/ ފޮއްދޫ ކައުންސިލް އާބާދީ ކުޑަ ފުއްދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރު ވެސް އެ ރަށުގައި ފަސް ޓޫރިސްޓް ގެސްޓް ހައުސް ހުރިއިރު، އެ ތަންތަނުގައި 40އަށް ވުރެ ގިނަ އެނދު ހުރެއެވެ. މީގެ އިތުރުން ވެސް ގެސްޓް ހައުސްތައް އެޅުމަށް ބިން ދޫކޮށް، އެ ތަންތަނުގެ މަސައްކަތް ކުރަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ