އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އިސްލާމް ދީން ގަބޫލުކޮށްފިއެވެ. މާވިން އިސްލާމް ދީނަށް ވަނުމަށްފަހު، އޭނާގެ ނަން މިހާރު ވަނީ ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.
މި މައްސަލައިގައި ޖަލު ބަންދުގައި ހުރި މާވިން އިސްލާމްވެފައިވާކަން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ. މިއަދު ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މާވިން އިސްލާމްދީން ގަބޫލުކޮށް ނަން ބަދަލުކޮށްފައިވާކަން ބަޔާންކޮށް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައި ކޯޓުން އޭނާއާ މުހާތަބުކޮށްފައި ވަނީ ޔޫސުފްގެ ނަމުންނެވެ.
މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މޭރީއަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލި ކަމަށެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޔާމީން ރަޝީދު މަރާލި މައްސަލަ: ދައުވާ ލިބޭ ދެ މީހުން އަލުން ބަންދަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 51 އަހަރުގެ މީހަކު 54 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި ގިނަ އަދަދެއްގެ ޑޮލަރާއެކު އެއާޕޯޓުން ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި ކެނެބިސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ