ބީއެމްއެލް އަގުހެޔޮ ފްލެޓް އަޅަން ދެ ކުންފުންޏަކަށް؛ ޖެނުއަރީގައި ފަށަނީ

އަގު ހެޔޮ ފްލެޓް އިމާރާތްކުރުމަށް ގައުމީ ބޭންކް، ބީއެމްއެލްއިން އުފައްދާފައިވާ އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި ފުރަތަމަ އިމާރާތް ކުރާ 2،000 އަށް ވުރެ ގިނަ ފްލެޓް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ދެ ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ. 
ވީ ކިިހިނެއް - އެ ފްލެޓްތައް އިމާރާތްކުރަން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދީފައިވާ ބިމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފްލެޓްތައް އިމާރާތް ކުރަން ހަވާލުކުރީ ރާއްޖޭގައި މިހާތަނަށް ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ދެ ކުންފުންޏަކާ އެވެ. އެއީ: 
ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ): 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރަން
ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ): 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް
ތަފްސީލް - ބީއެމްއެލްއިން ބުނީ މިއަދު ސޮއިކުރި އެއްވަސްވުންތަކުގެ ދަށުން 2341 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށާނޭ ކަމަށެވެ. އެގޮތުން އެ މަޝްރޫއު ހިންގުމަށް އެ ދެ ކުންފުނި ހޮވީ: 
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑަޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު
އެއްބަސްވުން ހެދި ދެ ކުންފުންޏަކީ ވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުނި 
ބީއެމްއެލްއިން ބުނީ މިއީ އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އ
އެނގުން މުހިންމު - މި މަޝްރޫއު ހިންގަނީ ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން އެމްއެމްއޭން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ