ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން އެމްއެމްއޭއިން ކަނޑައެޅި ގަވާއިދުގެ ދަށުން، ހައުސިން ޔުނިޓުތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފި އެވެ.
އޭގެ ތެރެއިން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކުރީ 1،117 ހައުސިން ޔުނިޓުު އެޅުމަށެވެ. ދެން ހަވާލުކުރީ ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެެމްއީސީ) އާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 1،224 ހައުސިން ޔުނިޓު އެޅުމަށެވެ.
"މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު،" ބީއެމްއެލްއިން ބުނެފައިވެ އެވެ.
މި ފެށޭ ޖެނުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެ ދެ ކުންފުނިން ފަށާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިއަދު 2،341 ހައުސިން ޔުނިޓު އަޅަން ސޮއިކުރިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީން ބީއެމްއެލްއާ ވަނީ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފަ އެވެ.
މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ބީއެމްއެލްއިން ރަސްމީކޮށް ރިއަލް އެސްޓޭޓް ވިޔަފާރިއަށް ނުކުތީ ނޮވެމްބަރު 13، 2025 ގަ އެވެ. އެކަން ކުރަން ބީއެމްއެލްއިން ބޭނުންކުރަނީ އަލަށް އުފެއްދި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑެވެ. ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަކީ ދުނިޔޭގެ ބޭންކުތަކުންް ސީދާ ބައިވެރިވާ ވިޔަފާރިއެއް ނޫނެވެ.
ތަނަވަސް މީހުންނަށް ފުލެޓު އަޅައިދޭން ބީއެމްއެލްއިން އަވަސްވެގަނެ ޗައިނާގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފި ތަނަވަސް މީހުންނަށް ފުލެޓު އަޅައިދޭން ބީއެމްއެލްއިން އަވަސްވެގަނެ ޗައިނާގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ