އަތްފޯރާ އަގުގައި ފްލެޓް އެޅުމަށް ބީއެމްއެލްއިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން 3،000 އަށް ވުރެ ގިނަ ފްލެޓް އަޅައި ހެޔޮ އަގުގައި އާންމުންނަށް ފޯރުކޮށްދޭނޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
އެނގުން މުހިންމު - މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2341 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ވަނީ:
ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްފައި
އެ ފްލެޓްތައް ހެދުމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށާނޭ ކަމަށް އެ ބޭންކުން ބުނި
ވީ ކިހިނެއް؟ - ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު އޭނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި މިރޭ ވިދާޅުވި ގޮތުގައި، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކުންފުނިތަކާއެކު އިތުރު ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށްވަނީ ހަމަޖެހިފަ އެވެ.
"މިއާއެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފެށޭނެ،" ސައީދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނީގެ އަމާޒަކީ ދިވެހި އާއިލާތަކަށް އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލްގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ ވަޒީރުންގެ މަޖިލީހުން ނިންމި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު ދަށުންނެވެ.
ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓްގެ ދަށުން ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއެކު ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ތަރައްގީކޮށް، ލީސް-ޓު-އޯން ނުވަތަ ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ މޮޑެލްގެ ދަށުން އާންމުންނަށް އެތަންތަން ދޫކުރުމަށެވެ.
އަގު ހެޔޮ 3،000 އަށް ވުރެ ގިނަ ފްލެޓް އަޅާނެ؛ ދިވެހި ކުންފުނިތަކަށް ވެސް ދޭނެ: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ