ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ

މާލޭގެ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަަމަލާދީ އެކަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމުގެ މައުލޫމާތު މިރޭ 18:42 ހާ އިރު ލިބިފައިވާ ކަަމަށެވެ.
މި ހަމަނުޖެހުމުގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ