ދެބެން މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި

މާލޭގެ ގެއެއްގެ ތެރޭ ދެބެންގެ ދެމެދުގައި މާރާމާރީއެއް ހިންގައި އެކަކު ޒަހަމްކޮށްލައިފި އެވެ. 
ވީ ކިހިނެއް؟ - ފުލުހުން މިރޭ ބުނީ  މާލޭގެ ގެއެއްގެ ތެރޭ ދެބެން މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިރޭ 6:42 އެހާއިރު ކަމަށެވެ. 
ތަފްސީލް - ފުލުހުން ބުނީ އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އެކަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި ބުނީ: 
އެކަމާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް 
މައްސަލައިގެ ތަހުގީގު ދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ