ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށް ގޯއްޗާއި ފުލެޓަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހް އިއުލާނުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިރޭ ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށްފަ އެވެ. އަދި ބުނީ މި އުސޫލު ތަކާއި އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ވަނީ އާންމުކޮށްފަ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައިވަނީ 7900 ފްލެޓް ދޫކުރާނެ ގޮތް ތަފްސީލްކޮށް ހިމަނާފަ އެވެ. މި ފުލެޓުތައް ދޫކުރާނީ އަންނަވި ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އަދި އިސްކަން ދޭނެ ދާއިރާތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. އެގޮތުން ކެޓަގަރީ އެކަކުން މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ ދެއަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. އަދި ދޭނެ އަދަދުތައް ވެސް ވަކީން ކަަނޑައަޅާފައިވެ އެވެ.
ގޯއްޗާއި ފުލެޓަށް ހުށައެޅުމުގެ ފުރުސަތު ޖަނަވަރީ 15 ގައި ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ