އަނިޔާއިން ރަނގަޅުވެ ދީމާ ކުރީގެ ފޯމުގައި ކުޅުމުގެ އަޒުމުގައި އަނިޔާއިން ރަނގަޅުވެ ދީމާ ކުރީގެ ފޯމުގައި ކުޅުމުގެ އަޒުމުގައި

ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ، މި ވަނީ ފަސް އަހަރަށް ފަހު، ގައުމީ ޓީޓީ މުބާރާތުގެ ސިންގަލްސް ފައިނަލަކުން ބަލިވެފަ އެެވެ. މި މުބާރާތުގެ ދެ ކެޓަގަރީ އަކުން ރަން މެޑަލް ހޯދި ދީމާ ދެކޭގޮތުގައި މި ފަހަރުގެ މުބާރާތަކީ ޖުމްލަކޮށް، ކަންކަން ދަސްކޮށް ކުރިއަށްދިއުމަށް މުހިންމު މުބާރާތެކެވެ.
މީގެ ކުރިން، އެންމެ ފަހުން، ފަސް އަހަރު ވެސް ދީމާ ގައުމީ ތަށި އުފުލާލީ ފައިނަލުގައި ރަފާގެ މައްޗަށް ކުރިހޯދައިގެންނެވެ. އެކަމަކު، ފައިނަލުގައި، ދީމާގެ މައްޗަށް ރަފާ ކުރިހޯދީ، ސީދާ ހަތަރު ގޭމުންނެވެ. ރަފާގެ ފަރާތުން ތަފާތު ރޫހެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ، 11-09، 11-09، 11-06 އަދި 15-13 އިންނެވެ. މި މެޗުގެ އެކި ސެޓުތަކުގައި ދީމާ ހިތްވަރުކޮށް މެޗުގެ ތެރެއަށް އަންނަން މަސައްކަތް ކުރި ނަމަވެސް ރަފާ ވަނީ ހިތްވަރު ދައްކައި މޮޅު ކުޅުމަކާ އެކު މި ކާމިޔާބީ ހޯދައިފަ އެވެ.
ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ދީމާ ބުނީ، ޖުމްލަކޮށް ބަލާނަަމަ، މުބާރާތުގައި ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
ގައުމީ މުބާރާތުގައި ލިބުނު ތަށިތަކާއި މެޑަލް ހިފައިގެން ދީމާ ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
"އައިތިންކް އައި ޕުޓް އޯވަރޯލް އަ ގުޑް ޕާފޯމަންސް އައި ތިންކް ރަފާ ވެސް ޝީ ޕްލޭޑް އަ ވެރީ ގުޑް ޕާފޯމަންސް އިން ދި ފައިނަލް، އެންޑް ދީމާ އުންމީދުކުރަން ދެން އޮތް މުބާރާތަށް ކަންކަން ރަނގަޅުކުރެވޭނެ ކަމަށް. ރަނގަޅު ރިޒަލްޓް ވެސް ނެރެވޭނެ ކަމަށް،" ދީމާ ބުންޏެވެ.
ދީމާ ވަނީ 19 އަހަރުން ދަށުގެ ބައިގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ، މިޝްކާ މުހައްމަދު އިބްރާހިމްއާ އެއް ޕެއާއެއްގައި ކުޅެގެންނެވެ.
ނޭޕާލުގައި ކުރިއަށްދިޔަ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތުގައި މީގެ މަހެއް ކުރިން، ރާއްޖޭން ކުޅުނުއިރު، ދީމާ ހުރީ އަނިޔާއެއްގަ އެެވެ. އެކަމަކު، ކުޅުން ކުރިއަށްގެންގޮސް ދީމާ އަންނަނީ، ކުރީގެ ލެވަލަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.
"ދީމާ، ހުރީ ކުޑަ އިންޖަރީއެއްގައި ނޭޕާލްގައި އޮތް މުބާރާތަށް ދިއުމުގެ ކުރިން، އޭގެ ފަހުން މަސައްކަތް މި ކުރަނީ ކުރިއެކޭ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެންދެވޭތޯ. ސްލޯކޮށްކަންކަން ގެންދެވޭތޯ މި ބަލަނީ. އެކަމު ދީމާ މިހާރު އަނެއްހެން އިންޖަރީ އޯކޭ. ދީމާ އުންމީދުކުރަން ކުޅުން ކުރިއަށް ގެންދަން،" ދީމާ ބުންޏެވެ.
"ދީމާ ބޭނުންވަނީ ދެވޭ އެންމެ ކުރިއަކަށް ދާން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ