އަންނަ ޖެނުއަރީން ފެށިގެން ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ދެނީ

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އެލަވަންސްގެ ގޮތުގައި އަހަރަކު ޖުމްލަ 11.7 މިލިއަން ރުފިޔާ ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ އެލަވަންސެކެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން މި އެލަވަންސް ތަޢާރަފުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ވެސް އިތުރުކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. މިގޮތުން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށް 211 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނުއްވާފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ތަރުބިއްޔަތުކުރުމަށް ދޭ އެހީގެ މިންވަރު ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން، ޖުމްލަ 12,000 ރުފިޔާއަށް އިތުރުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިންމު ވަޢުދެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ