ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް "އޮއްސާލުމަށްފަހު" ވެސް މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓު ދޭ ކަމަށް ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް "އޮއްސާލުމަށްފަހު" ވެސް މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓު ދޭ ކަމަށް

އެތައް މަޝްރޫއެއް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރުމަށްފަހު، މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރަނީ ހަމައެކަނި ސަރުކާރުގެ ކުންފުނިތަކަށް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ލ. ގަމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އަމިއްލަ ބައެއް ކުންފުނިތަކަށް ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއު ހަވާލުކުރާނެ ކަމަށެވެ. މީގެ ތެރޭގައި ސްކޫލްތަކާއި، ހެލްތު ސެންޓަރުތަކާއި، ކުޅިވަރު މަރުކަޒުތަކާއި، މިސްކިތްތައް އިމާރާތް ކުރުމުގެ މަޝްރޫއުތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމައެކަނި މަސައްކަތް ކުރުވަނީ ސަރުކާރުގެ އެސްއޯއީތައް ލައްވައެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ތަރުތީބުކުރެވިގެން. ޕްލޭން ކޮށްގެން. އެއިރަކު މަސައްކަތް ކުރަން އެންމެ ރަނގަޅު، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް އެ މަސައްކަތް ހަވާލުކުރަން ޖެހޭނެ ފަރާތަކާ ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ހަވާލުކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކާ އެވެ. ފެނަކަ، އާރުޑީސީ، އެމްޓީސީސީ، އަދި އެމްއޭސީއެލްއަށް ސަރުކާރުން ވަނީ ވަރަށް ގިނަ ޕްރޮޖެކްޓު ހަވާލުކޮށްފަ އެވެ.
އެގޮތުން، 63 ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމާއި ރަސްމާލެ އާއި ގިރާވަރު އަދި ހުޅުމާލެ ފޭސް 3، ހިމެނޭހެން ގިނަ ސަރަހައްދުތަކެއްގެ ބިން ހިއްކުން، ސަރުކާރުގެ އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލް އާ މި ފަހުން ވަނީ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ