ސަރުކާރުގެ ބޮންޑް މައްސަލައިގައި ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދީފި

މަރުކަޒީ ބޭންކް، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި ހިތްހަމަ ނުޖެހި އެ ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ. 
ވީ ކިހިނެއް؟ - އޭނާ އެކަން ހާމަކުރެއްވި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 
"އެމްއެމްއޭން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން އަޅުގަނޑު ޕެންޝަން ބޯޑުން އިސްތިއުފާ ދީފީން،" ސަރުވަޝް އެކްސްގައި ވިދާޅުވި އެވެ. 
ތަފްސީލް - ސަރުވަޝް މިއަދު އެކްސްގައި ކުރެއްވި އެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ:
މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް  
އެނގުން މުހިންމު - އެމްއެމްއޭން ހުށަހަޅާފައި ވަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭން ސެކަންޑްރީ ބާޒާރުގައި ގަނެ ފަސް އަހަރު ދުވަހުގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލު ކުރާށެވެ. އަދި ނިންމާފައި ވަނީ:
އެ ބޮންޑު ގަންނަން، އެމްއެމްއޭން ދައްކާ ފައިސާއިން 2.4 ބިލިއަން ރުފިޔާގެ ސަރުކާރުގެ އާ ބޮންޑެއް ގަންނަން ވެސް ޕެންޝަން ފަންޑުން އިންވެސްޓްކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ