އައްޑޫ ސިޓީ ފޭދޫ “އިސްރަށްވެހިންގެ ހިޔާވަހި” މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ 3 ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ސެއަރ ސެންޓަރު ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެކެވެ.
މި މަރުކަޒުތަކުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ އިސްރަށްވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު އެފަރާތްތަކަށް ހާއްސަ ކުރެވިގެން އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރެވިގެން ދިއުން ކަމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ވަނީ ބުނެފައެވެ.
އަތޮޅުތަކުގައި އަޅާ މީގެ ފުރަތަމަ މަރުކަޒު އައްޑޫ ސިޓީ ފޭދޫގައި އެޅުމަށް، ވަޒީރުންގެ ލަފާފުޅާއެކު މިނިސްޓަރު ނިންމަވާފައިވާއިރު، “އިސްރަށްވެހިންގެ ހިޔާވަހި” ފެދޫގައި އެޅުމަށް ނިންމާފައިވާއިރު ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ބުނާ ވާހަކަ ބީއެމްއެލް އިން ދޮގުކޮށްފި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި ލީގަލް މުވައްޒަފުންގެ މުސާރަ އަށް ބަދަލު އައިސްފައިނުވާތީ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ