އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މި މަޝްރޫއަކީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއަކަށްވާއިރު ފެނަކައިން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާއެވެ.
މި މަޝްރޫއުގެ ދަށުން ބަހައްޓާނީ ބެލްޖިއަމްގެ އަންގްލޯ ބެލްޖިއަން ކުންފުނީގެ ލޯ-ސްޕީޑް ޒަމާނީ އިންޖީނުތަކެއްކަން ފާހަގަކޮށް އަފީފު ވިދާޅުވީ މިއީ މިހާރު އައްޑޫގައި ބޭނުންކުރާ ހައި-ސްޕީޑް އިންޖީނުތަކާ ހިލާފަށް، ޔޫރަޕްގެ ގައުމުތަކުގައި ވެސް ބޭނުންކުރާ ފެންވަރު ރަނގަޅު އިންޖީނުތަކެއް ކަމަށެވެ. މި މަޝްރޫއަށް ބޭނުންވާ ޖަނަރޭޓަރުތައް ރާއްޖޭއިން ބޭރުގައި އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެ މަސައްކަތްތައް ހިނގާގޮތް ބަލައިލުމަށް ފެނަކައިގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް ހަމަޖެހިފައިވާކަން އަފީފް ވަނީ ހާމަކުރައްވާފައެވެ.
މިފަދަ ބޮޑެތި މަޝްރޫއުތަކަށް އެކަށީގެންވާ ވަގުތު ނަގާނެކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ ނަމަވެސް، މަޝްރޫއުގެ ބޮޑު ބައެއް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށާއި، އަންނަ އަހަރު މަޝްރޫއު އެއްކޮށް ނިންމާލައި އައްޑޫގެ ރައްޔިތުންނަށް ކަރަންޓުގެ މައްސަލައިން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ މަސް ޕްރޮސެސްކުރާ ކެޕޭސިޓީ ތިންގުނަ ކުރަނީ! އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮތްވާ ފެނިއްޖެ ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި ގުޅިފަޅުން ދީފައިވާ ގޯތިތަކުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ