ޝަހުޒާން އާއި ލީވާން މިނިވަން ކުރަން ޔާމީން ގޮވާލައްވައިފި

އަދަދު ނޫހުގެ ނޫސްވެރިންކަމުގައި މުހައްމަދު ޝަހުޒާން އަދި ލީވަން އަލީ ނަސީރު ޖަލަށްލި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުރުހުން ފާޅުކުރައްވައި، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފި އެވެ.
ޕީއެންއެފްގެ މީޑިއާ ގްރޫޕަށް ޔާމީން ފޮނުވި މަސެޖެއްގައި ވިދާޅުވި ގޮތުގައި ނޫސްވެރިން ކުރަމުންދަނީ ގައުމީ މުހިންމު މަސައްކަތެކެވެ. އަދި އެ މަސައްކަތަށް ހުރަސްއެޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި ހައްޔަރުކުރުމުގެ ބަދަލުގައި، އަމަލުކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ،" ޔަމީން ވިދާޅުވިއެވެ.
ލީވާނަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ނަމުގައި އަދަދު ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ މުހައްމަދު މުއިއްޒުއާ އަމާޒުކުރި ސުވާލެއްގެ ސަބަބުންނެވެ. 
އަދަދުގެ ދެ ނޫސްވެރިންނަށް ވެސް ހުކުމް އިއްވީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ އެވެ. ދެ ނޫސްވެރިންނަށް ވެސް ވަކީލެއް އައްޔަނުކުރުމަށް ދިނި އެންމެ ދެ ގަޑިއިރުގެ މުއްދަތަކެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ގާނޫނުއަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ލިޔުނު ފަހުން އައި ކަޅު ދުވަހެއްގެ ގޮތުގައި ސިފަކުރަމުންނެވެ. 
ކްރިމިނަލް ކޯޓުން ހުކުމް ކުރީ ލީވާން 10 ދުވަހަށް އަދި ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް. ލީވާނަށް ޖަލު ހުކުމެއް އިއްވީ ލިޔުނު ހަބަރަކާ ގުޅިގެން އަދި ޝަހުޒާނަށް ޖަލަށް ހުކުމް ކުރީ މުއިއްޒުއާ ސުވާލުކޮށްގެން. ރާއްޖޭގެ އެތައް ބަޔަކު އަންނަނީ ދެ ނޫސްވެރިން ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވާލަމުން. ޝަރީއަތްތައް ހިންގީ ސިއްރުކޮށްގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ