ހައިވޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގައި ޕިކަޕެއްގެ ދަށުވެ، މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ހައިވޭ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 10:12 ހާއިރު ކަމަށާއި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ