ދެކުނު ކޮރެއާގެ އިންތިހާބު އިދިކޮޅު ލީޑަރު ކާމިޔާބު ކުރައްވައިފި ދެކުނު ކޮރެއާގެ އިންތިހާބު އިދިކޮޅު ލީޑަރު ކާމިޔާބު ކުރައްވައިފި

ސޯލް، ދެކުނު ކޮރެއާ (ޖޫން 4) - ދެކުނު ކޮރެއާގައި ބޭއްވި އިންތިހާބު އިދިކޮޅު ލިބަރަލް ޕާޓީގެ ކެންޑިޑޭޓު ލީ ޗެއި ޔުންގު ކާމިޔާބު ކުރައްވައިފި އެވެ.
އެ ގައުމުގައި އަވަސް އިންތިހާބެއް ބޭއްވީ އޭރު ރައީސްގެ މަގާމުގައި ހުންނެވި ޔޫން ސުކް ޔޮލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ އެ މަގާމުން ވަކި ކުރުމުންނެވެ. 2022 ވަނަ އަހަރުގެ އިންތިހާބުގައި ޔޫން އާ ވާދަކޮށް ލީއަށް ނާކާމިޔާބުވީ ހަނި ފަރަގަކުންނެވެ.
އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބުނު 44.39 މީހުންގެ ތެރެއިން 80 ޕަސެންޓު މީހުން ވޯޓުލާން ނުކުތެވެ. މިއީ 1997 ގެ ފަހުން ކޮރެއާގެ އިންތިހާބެއްގައި ވޯޓުލާން އެންމެ ގިނައިން މީހުން ނުކުތް އަހަރެވެ.
ލީ ވަނީ އޭގެ ތެރެއިން 49.3 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރި ޕީޕަލްސް ޕަވާ ޕާޓީގެ ކިމް މޫން ސޫ އަށް ލިބުނީ 41.3 ޕަސެންޓު ވޯޓެވެ. އޭނާ ވަނީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވައި ލީއަށް މަރުހަބާ ވިދާޅުވެފަ އެވެ.
އިންތިހާބުގެ ނަތީޖާ އިއުލާނު ކުރިތާ މާ ގިނަ ވަގުތެއް ނުވަނީސް ލީ ވަނީ މަގާމުގެ ހުވާ ކުރައްވައި ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ