އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބިލިއަނާ އީލާން މަސްކްގެ ދެމެދުގައި އޮތް އެކުވެރި ސިޔާސީ ގުޅުން ކުއްލިއަކަށް ނިމުމަކަށް އައިސް އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދޭން ފަށައިފި އެވެ.
މި ހަމަނުޖެހުން ފެށުނީ ޓްރަމްޕްގެ 'އެއް ބޮޑު ރީތި ބިލް' އަށް ވަރަށް ބޮޑަށް ފާޑުކީ ހިސާބުންނެވެ. މި ބިލުގައި ހިމެނޭ ޓެކްސް ޕެކޭޖަށް ގައުމީ ދަރަންޏަށް 2.4 ޓްރިލިއަން ޑޮލައރު އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށް މަސްކް ވަނީ ބުނެފައެވެ.
މަސްކް އަށް ޖަވާބުދިނުމުގައި ޓްރަމްޕް ވިދާޅުވެފައިވަނީ މަސްކްއަކީ 'ޓްރަމްޕް ޑިރޭންޖްމަންޓް ސިންޑްރޯމް' އިން ފުރިގެންވާ މީހެއްކަމަށެވެ. އަދި ބިލިއަން ޑޮލަރުގެ އަގުހުރި ސްޕޭސްއެކްސް އަދި ސްޓާލިންކް އޮޕަރޭޝަންތައް ހިމެނޭގޮތުން މަސްކްގެ ކުންފުނިތަކާއެކު ފެޑެރަލް ކޮންޓްރެކްޓްތައް ބާތިލްކުރާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
ޓެސްލާގެ ޗީފް އެގްޒެކެޓިވް މަސްކް ބުނެފައިވާގޮތުގައި 2024ގެ އިންތިޚާބު ކާމިޔާބު ކުރުމުގައި އޭނާގެ މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ. މަސްކް ވަނީ އެކްސްގައި އާ ސިޔާސީ ޕާޓީއެއް ގާއިމުކުރުމާމެދު އާންމުން ދެކޭގޮތް ބެލުމަށް ވޯޓަކަށް ހުޅުވާލާފަ އެވެ.
މަސްކްގެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ކޮންޓްރެކްޓްތައް ބާތިލްކުރާނެކަމުގެ ވާހަކަ ޓްރަމް ދެއްކެވުމާއެކު ޓެސްލާގެ ހިއްސާ ގާތްގަނޑަކަށް 12% ވެއްޓުނެވެ.
ޓްރަމްޕްގެ ޓެކްސް ބިލަށް މަސްކް ފާޑުކިއުމުން ދެފަރާތުގެ ގުޅުން ނިމުމަކަށް އައިސް ޓެސްލާގެ ހިއްސާ %12 ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ