މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުގެ މަގާމުގައި ހުންނެވި ޝިޔާމް އިބްރާހިމް އިއްޔެ އެ މަގާމުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުން އޭނާ ވަކިކުރިކަން ޕީސީބީން އިއްޔެ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ޕީސީބީއަކުން ނުދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޕީއެލްގެ ބޯޑުން ޝިޔާމް ވަކިކޮށްފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވި މުހައްމަދު ވަޖީހު އިބްރާހީމް މިދިޔަ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ވަކިކޮށްފައިވެ އެވެ. ވަޖީހަކީ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމްގެ އާއިލީ ބޭފުޅެކެވެ.
ވަޖީހު މަގާމުން ވަކިކޮށްފައި ވަނީ، ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ކުރިން އޮތް ގާތް ގުޅުމަށް ހީނަރުކަމެއް ކުރިމަތިވެ، ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.
އެމްޕީއެލްގެ ބޯޑުން ޝިޔާމް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ