ސާފް ޗެމަޕިއަންޝިޕް 2023: ނޭޕާލް ބަލިކޮށް އިންޑިއާ ސެމީއަށް ދިޔައިރު، ކުވައިތައް ވެސް ސެމީ ޔަގީންވެއްޖެ މަގުބޫލު ލިޔުންތައް ފުވައްމުލަކުގެ ސްކޫލެއްގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވަން 3 ގަޑިއިރަށް ވެފައިވަނިކޮށް ކެންސަލް ކޮށްފި ދެ ކަރަންޓު ބިލެއް ފޮނުވަނީ،

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ސްރީ ލަންކާގައި ބާއްވަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމައިފިއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ބޭއްވި ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ބައްދަލުވުމުގައި ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 22 އިން ޖުލައި 5 އަށް ލަންކާގައި މުބާރާތް ބޭއްވުމަށެވެ.
މީގުކުރިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ވަނީ ނިންމާފައެވެ. ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ކުރިން ނިންމީ ކޮންމެ ގައުމަކަށްވެސް އަމިއްލަ ގައުމުގައި މެޗުތައް ކުޅުމުގެ ފުރުސަތު ދޭންވެގެންނެވެ.
ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބާއްވަން ކުރިން އިއުލާން ކުރި ނަމަވެސް، އެ ހިޔާލު ހަގީތަކަށް ނުވެ، ސެންޓްރަލައިޒް އުސޫލުން މުބާރާތް ބާއްވަން ލަންކާ އަށް ފުރުސަތު ދިނީއެވެ. އެހެންކަމުން ކުރިއެކޭ އެއްގޮތަށް ސެންޓްރަލައިޒްކޮށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފިޔަވައި އެހެން ހުރިހާ މުބާރާތެއްވެސް ބާއްވާފައިވަނީ ސެންޓްރަލައިޒްކޮށް، ކަނޑައެޅި އެއް ދަނޑުގައެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ލަންކާގައި ބާއްވަން ފުރުސަތު އެ ގައުމަށް މި ލިބުނީ 17 އަހަރަށް ފަހު އެވެ. އެ ގައުމުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2008 ގައި ރާއްޖެއާ ގުޅިގެން ދެ ގައުމުގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ލަންކާގެ މަޝްހޫރު ސުގަތަދާސް ސްޓޭޑިއަމްގައި ކުޅެ ރާއްޖޭން މުބާރާތް ކާމިޔާބު ކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.
ލަންކާގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުމުން، އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވީ ލަންކާގެ ފުޓްބޯޅައިގެ އެއް ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ