މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1606 މައްސަލައެއް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 5,599 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ޖަނަވަރީ މަހު 1,208 މައްސަލަ، ފެބުރުވަރީ މަހު 953 މައްސަލަ، މާޗު މަހު 972 މައްސަލަ، އޭޕްރިލް މަހު 1,020 މައްސަލަ އަދި މެއި މަހު 1,052 މައްސަލަ ހިމެނެއެވެ. އަދި ހިނގަމުންދާ ޖޫން މަހުގެ މިހާތަނަށް 494 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ނިމިދިޔަ 2025 ޖުމްލަ 12،108 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިންވެސް އެއްމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 3،478 މައްސަލައެއް ނިމުނު 2025 ވަނައަހަރު ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1606 މައްސަލައެއް ހުށަހަޅާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ