އުރީދޫ މޯލްޑިވްސްގެ 5ޖީ ހިދުމަތް ރާއްޖޭގެ އެކި އަތޮޅުތަކަށް ފުޅާކޮށް، 80 ޕަސެންޓް ރަށްތަކަށް މި ހިދުމަތް ދޭން ފަށައިފި އެވެ.
އުރީދޫ އިން ބުނީ މި ކާމިޔާބީއާއެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކަށްވެފައިވާ ކަމަށެވެ. އަދި ހަލުއި އިންޓަނެޓް ސްޕީޑާއިއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އުރީދޫ އިން ވަނީ ފާހަގަކޮށްފަ އެވެ.
އުރީދޫން ބުނީ އެ ކުންފުނިން މިހާރު މީހުން ދިރިއުޅޭ 79 ރަށާއި އަށް ރިސޯޓަށް އެ ހިދުމަތް ދެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ގާއިމުކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.
އުރީދޫން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީ އާއެކު ބާރުވެރި ކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
އުރީދޫން 5ޖީގެ ހިދުމަތް ރާއްޖޭގެ 60 ޕަސެންޓަށް ފުޅަކޮށް އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ މި ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށް ދިނުމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އުރީދޫގެ އަމާޒަކީ ޑިޖިޓަލް ތަޖުރިބާތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނާ ގުޅާލުން ކަމަށާއި އުރީދޫ 5ޖީ އާބާދީގެ 80 އިންސައްތައަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި 2 ކުއްޖަކު ހައްޔަރުކޮށްފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި މާލޭގައި ފެންބޮޑުވެއްޖެ، ޕަންޕު ބަހައްޓައިގެން ފެން ހިންދަނީ ދައުލަތުގެ ޚަރަދުގައި މިއަހަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ