ވައިގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ގދ. ކޮނަންޓާ ރިސޯޓް ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއް އޮޔާގޮސް ގެއްލިފައިވާތީ އެ ދޯނި ހޯދަން ފަށައިފި އެވެ. ދޯނި އޮޔާ ދިޔައިރު އޭގައި މީހަކު ނެތެވެ.
އެމްއެންޑީއެފުން ބުނީ ނޫކުލައިގެ ދަވާދު ލާފައިވާ 60 ފޫޓްގެ ފައިބަރު ދޯނި އޮޔާދިޔައީ ރޭގެ ވަގުތެއްގައި ކަމަށާއި ދޯނި ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުން ކުރާއިރު ހުވަދު އަތޮޅު އިރުދެކުނު ފަރާތު ބޭރުންނާއި ހުވަދު އަތޮޅު އެތެރެވަރީގެ ކަނޑުގެ ސަރަޙައްދު ދަނީ ބަލަމުން އަންނަ ކަމަށެބެ.
މި ދޯނި އޮޔާ ދިޔުމާއި ގުޅިގެން މި ރިސޯޓް ހިމެނޭ ސަރޙައްދުން ދަތުރު ކުރާ އުޅަނދުފަހަރު މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށާއި، މި އުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ މޫސޫން ގޯސްވެފައިވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
މޫސުން ގޯސްވެ ކޮނަންޓާ ފަޅުގައި އޮތް ދޯންޏެއް ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ