ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުއަށް ޖުޑީޝަރީ ކޮމިޓީގައި ވެސް ޖަވާބުދާރީވާން ފުރުސަތު ނުދީ މަގާމުން ވަކިކުރަން އިއްޔެ ނިންމި އެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމިޓީގައި އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފާސްކުރީ ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ. ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީއިން ތަހުގީގު ހިންގީ އިޖުރާއަތްތަކާ އެއްގޮތަށް ކޮމިޓީން ނިންމީ ބަހުސްކުރުމެއް ނެތި އެވެ.
އިއްޔެ ލައިވްކޮށް ކުރިއަށް ގެންދިޔަ އެ ކޮމިޓީ ސިއްރު ކުރަން ފަހުން ނިންމުމާ އެކު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫޒް ޒާކިރު ކޮމިޓީން ނުކުމެވަޑައިގެންނެވި އެވެ. އެއަށް ފަހު އެ ދެ މެންބަރުން ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އަޒްމިރާލްދާ ވަނީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް ކޮމިޓީން ނިންމާފައި އޮތީ އެ ފުރުސަތު ނުދިނުމަށެވެ. މިއީ އަދުލްއިންސާފު އުސޫލާ ހިލާފު ކަމެކެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމިއިރު ވެސް އެ ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު އެ ކޮމިޝަނުން ވެސް ދީފައެއް ނުވެ އެވެ.
މި މައްސަލަ ބެލި ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
އަޒްމިރާލްދާ އާއި މަހާޒްގެ މައްޗަށް ތުހުމަތު ކުރީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ހުސްނުއްސުއޫދު ވެސް ފެބްރުއަރީ 26، ގައި ސަސްޕެންޑުކުރި އެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އޭރު އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން، އެ މައްސަލަ ބަލަމުން ދަނިކޮށް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވައިލެވޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި އޮތް މައްސަލައިގެ އަޑުއެހުން އޮތީ ފެބްރުއަރީ 26، ގެ ހެނދުނު 11:00 އަށް ތާވަލުކޮށްފަ އެވެ.
ޖޭއެސްސީން އަޒްމިރާލްދާ ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ. ދުސްތޫރީ މައްސަލަތައް ބަލަން ޖެހެނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކަމަށްވާއިރު އެ ސަސްޕެންޝަންތަކާއެކު އެ މައްސަލަ އޮތީ ހުއްޓިފަ އެވެ.
- އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ.
- ވައިޖެހޭނީ ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް
- ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ
- ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު
ހުލާސާކޮށް އިއްޔެ: މަޖިލީހުގެ ކޮމިޓީން ވެސް ބޭއިންސާފުން ފަނޑިޔާރުން ވަކިކުރަން ނިންމުން ހުލާސާކޮށް އިއްޔެ: މަޖިލީހުގެ ކޮމިޓީން ވެސް ބޭއިންސާފުން ފަނޑިޔާރުން ވަކިކުރަން ނިންމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ