ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނިގޮތުގައި، މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް އެ މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން ފޯމު ހުށަހެޅޭނެއެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 26 އަހަރު ނުފުރޭ، ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. މީގެ ކުރިން މުއައްސަސާތަކުން ބައިވެރިވި ނަމަވެސް، މިއަހަރުން ފެށިގެން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ފަރުދީ ގޮތުންނެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހާފިޘުންގެ ބައިގެ އިތުރުން އަށް އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
މީގެ އިތުރުން، މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ