ދިވެހި އިންޝުއަރެންސްގެ އެއާބްލޭޑް ލިބޭ ނަސީބުވެރިޔާ ހޮވައިފި

ދިވެހި އިންޝުއަރެންސްއިން މިދިޔަ ރޯދަމަހަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީގެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ވީ ކިހިނެއް؟ - ރޯދަމަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދިން އިނާމަކީ، އެކްސްޕާޓް މޮޓޯސްއިން ހުށަހަޅާފައިވާ ހޮންޑާ އެއާބްލޭޑް 125ގެ އެންމެފަހުގެ ސައިކަލެކެވެ.
ޕްރޮމޯޝަން ކުރިއަށްގެންދިޔައީ ދިވެހި އިންޝުއަރެންސްގެ މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ ނެގުމުން ނުވަތަ އެ ޕްރޮމޯޝަންގެ ސޯޝަލް މީޑިއާ ޕޯސްޓު ލައިކްކޮށް، ޝެއާކުރުމުން ބައިވެރިވެވޭ ގޮތަށެވެ.
ތަފްސީލު - ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވަން ގުރުއަތު ނެގީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ގުރުއަތުން ހޮވުނީ މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ ނަގައިގެން ޕްރޮމޯޝަންގައި ބައިވެރިވި، AA0O P9986 ސައިކަލުގެ ވެރިފަރާތް (އަހްމަދުމުހައްމަދު) އެވެ.
މި ޕްރޮމޯޝަންގެ މައުލޫމާތު ލިބުނީ އޭނާ ބުނި ގޮތުގައި ކުރިން ވެސް ފޭސްބުކްގައި އެ ކުންފުނީގެ ޕޭޖު ފޮލޯކުރާތީ އެވެ.
ޕްރޮމޯޝަންގެ ކުރިން ވެސް އޭނާ ތާޑް ޕާޓީ އިންޝުއަރެންސް ނަގަމުން އައީ ދިވެހި އިންޝުއަރެންސްއިންނެވެ. އަދި މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސްއަށް އަޕްގްރޭޑް ކުރީ މި ޕްރޮމޯޝަންގެ ތެރެއިން ކަމަށް އޭނާ މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުމުން އޭނާ އެކަމާ އުފާކޮށް ބުނީ، ސައިކަލު ލިބޭނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ.
ދިވެހި އިންޝުއަރެންސްއިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އަގުހުރި އިނާމު ލިބޭ ގިވްއަވޭތަކާއި ޕްރޮމޯޝަންތައް އެ ކުންފުނިން ކުރިއަށްގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ