މެޑްރިޑް (އޭޕްރީލް 14) - ސްޕެނިޝް ލީގުގައި ކީލިއަން އެމްބާޕޭ އަށް ރަތް ކާޑެއް ދެއްކި ނަމަވެސް، ރެއާލް މެޑްރިޑުން 1-0 އިން ޑިޕޯޓިވޯ އަލަވޭސް އަތުން މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު، ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 31 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 31 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ.
އަލަވޭސް ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ފުރަތަމަ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ކެންސަލްކުރި އެވެ. އެއީ، ރެއާލްގެ އެންޓޯނިއޯ ރޫޑިގާ، ގޯލު ޖެހި އެ ކޯނަރުގައި، އަލަވޭސްގެ ކީޕަރު، ޖީސޫސް އޮވޯނޯ އަށް ފައުލުކުރުމުންނެވެ.
މެޗުގައި ރެއާލުން ޖެހި ހަމައެކަނި ގޯލު 34 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެޑުއާޑޯ ކަމަވިންގާ އެވެ. މިއީ، ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ކަމަވިންގާ ޖެހި ގޯލެކެވެ.
ރެއާލުން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، އެމްބާޕޭ އަށް ރަތް ކާޑެއް ދެއްކި އެވެ. އަލަވޭސްގެ އެންޓޯނިއޯ ބްލާންކޯ އަށް ކުރި ފައުލަށް ފުރަތަމަ އެމްބާޕޭ އަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން، ވީއޭއާރް އިން ބަލައިފައި ރަތް ކާޑަކަށް ބަދަލުކުރި އެވެ. މިއީ، 2019 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން، އެމްބާޕޭ އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
ދެ ވަނަ ހާފުގައި އަލަވޭސްގެ މަނޫ ސަންޗޭޒަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ، މެޗުގެ 70 ވަަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ކުރި ނުރައްކާތެރި ފައުލަކަށެެވެ.
މެޗުން ރެއާލް މޮޅުކޮށްދޭން އެ ޓީމުގެ ގޯލްކީޕަރު، ތިބައު ކޯޓުއާ މުހިންމު ދައުރެއް އަދާކުރި އެވެ. އެ ގޮތުން، އަލަވޭސް އިން ފޮނުވާލި ހަތް ހަަމަލާއެއްގެ ހުރަހަކަށްވީ ކޯޓުއާ އެވެ.
އެމްބާޕޭ އަށް ރަތެއް ދެއްކިޔަސް ރެއާލަށް މޮޅެއް އެމްބާޕޭ އަށް ރަތެއް ދެއްކިޔަސް ރެއާލަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ