ރޯދަމަހު ކުށްތަކާއި ހައްޔަރުކުރި އަދަދު ވެސް ދަށްވެއްޖެ

މިދިޔަ އަހަރުގެ ރޯދަމަހާ އަޅާ ބަލާއިރު، މި އަހަރުގެ ރޯދަމަހު ކުށްތައް މަދުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން މިއަދު ވަނީ މިދިޔަ އަހަރުގެ ރޯދަމަހާއި މި އަހަރުގެ ރޯދަމަހުގައި ފުލުހަށް ރިޕޯޓުކޮށްފައިވާ ހާދިސާތަކުގެ ތަފާސްހިސާބުތައް ހާމަކޮށްފައެވެ. މިދިޔަ ރޯދަމަހާ އަޅާބަލާއިރު މި ރޯދަމަހު ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން، މިދިޔަ ރޯދަމަހު 1،563 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، މި އަހަރު ރޯދަމަހު ރިޕޯޓުކޮށްފައިވަނީ 1،293 މައްސަލައެވެ. މިދިޔަ އަހަރުގެ ރޯދަމަހު ރިޕޯޓުކުރި ހާދިސާތައް ރޯދަ ނުހިފުމުގެ ފަސް މައްސަލަ ޚިޔާނާތްތެރިވުމުގެ 54 މައްސަލަ މާރާމާރީ ހިންގުމުގެ 102 މައްސަލަ ގެވެށި އަނިޔާގެ 29 މައްސަލަ ގެއްލުންދިނުމުގެ 102 މައްސަލަ އިންޒާރު ދިނުމުގެ 66 މައްސަލަ މަސްތުވާތަކެތީގެ 114 މައްސަލަ ސައިބާކްރައިމްގެ 21 މައްސަލަ ވައްކަމުގެ 486 މައްސަލަ ސްކޭމްގެ 72 މައްސަލަ ފޭރުމުގެ 68 މައްސަލަ ޖިންސީ ކުށުގެ 12 މައްސަލަ ޓްރެފިކް އެކްސިޑެންޓުގެ 388 މައްސަލަ ކުޑަކުދިންނަށް ކުރާ އަނިޔާގެ 27 މައްސަލަ މަކަރާއި ހީލަތުގެ 17 މައްސަލަ ފުލުހުން މަގުމަތި ޕެޓްރޯލުކުރަނީ -- ފޮޓޯ/ ފުލުހުން މި އަހަރުގެ ރޯދަމަހު ރިޕޯޓުކުރި ހާދިސާތައް ރޯދަ ނުހިފުމުގެ އެއް މައްސަލަ ޚިޔާނާތްތެރިވުމުގެ 29 މައްސަލަ މާރާމާރީ ހިންގުމުގެ 73 މައްސަލަ ގެވެށި އަނިޔާގެ 29 މައްސަލަ ގެއްލުންދިނުމުގެ 64 މައްސަލަ އިންޒާރު ދިނުމުގެ 62 މައްސަލަ މަސްތުވާތަކެތީގެ 114 މައްސަލަ ސައިބާކްރައިމްގެ 21 މައްސަލަ ވައްކަމުގެ 342 މައްސަލަ ސްކޭމްގެ 103 މައްސަލަ ފޭރުމުގެ 23 މައްސަލަ ޖިންސީ ކުށުގެ 10 މައްސަލަ ޓްރެފިކް އެކްސިޑެންޓުގެ 388 މައްސަލަ ކުޑަކުދިންނަށް ކުރާ އަނިޔާގެ 24 މައްސަލަ މަކަރާއި ހީލަތުގެ 10 މައްސަލަ ފުލުހުން މަގުމަތި ޕެޓްރޯލުކުރަނީ -- ފޮޓޯ/ ފުލުހުން މީގެ އިތުރުން ފުލުހުން ވަނީ ރޯދަމަހު މިދިޔަ އަހަރާއި މިއަހަރުގެ ރޯދަމަހު، އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ތަފާސްހިސާބުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ރޯދަ މަހު އެކި މައްސަލަތަކުގައި 308 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް، މި އަހަރުގެ ރޯދަމަހު އެކި މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން، މި އަހަރު ހައްޔަރުކޮށްފައިވަނީ 169 މީހުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހު ހައްޔަރުކުރި މީހުންގެ ތަފާސްހިސާބު ރޯދަ ނުހިފުން: 6 މީހުން ހައްޔަރުކުރި ޚިޔާނާތްތެރިވުން: އެކަކު ހައްޔަރުކުރި މާރާމާރީ ހިންގުން: 45 މީހުން ހައްޔަރުކުރި އިންޒާރުދިނުން: 4 މީހުން ހައްޔަރުކުރި ގެއްލުންދިނުން: 7 މީހުން ހައްޔަރުކުރި ސައިބާކްރައިމް: އެކަކު ހައްޔަރުކުރި މަސްތުވާތަކެތި: 118 މީހުން ހައްޔަރުކުރި ޖިންސީ ކުށް: ދެމީހަކު ހައްޔަރުކުރި ވައްކަން: 104 މީހުން ހައްޔަރުކުރި ފޭރުން: 16 މީހުން ހައްޔަރުކުރި ޓްރެފިކް އެކްސިޑެންޓް: ހަތަރު މީހުން ހައްޔަރުކުރި ފުލުހުން މަގުމަތި ޕެޓްރޯލުކުރަނީ --- މި އަހަރުގެ ރޯދަމަހު ހައްޔަރުކުރި މީހުންގެ ތަފާސްހިސާބު ރޯދަ ނުހިފުން: އެކަކު ހައްޔަރުކުރި ޚިޔާނާތްތެރިވުން: ދެމީހަކު ހައްޔަރުކުރި މާރާމާރީ ހިންގުން: 13 މީހުން ހައްޔަރުކުރި އިންޒާރުދިނުން: 5 މީހުން ހައްޔަރުކުރި ގެއްލުންދިނުން: 9 މީހުން ހައްޔަރުކުރި ސްކޭމް: އެކަކު ހައްޔަރުކުރި މަސްތުވާތަކެތި: 91 މީހުން ހައްޔަރުކުރި ޖިންސީ ކުށް: އެކަކު ހައްޔަރުކުރި ވައްކަން: 60 މީހުން ހައްޔަރުކުރި ކުޑަކުދިންނަށް ކުރާ އަނިޔާ: ދެމީހަކު ހައްޔަރުކުރި ފޭރުން: 9 މީހުން ހައްޔަރުކުރި ޓްރެފިކް އެކްސިޑެންޓް: އކަކު ހައްޔަރުކުރި މަކަރާއި ހީލަތް: އެކަކު ހައްޔަރުކުރި ރޯދަމަހުގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ ކޮންމެ ރޯދަމަހެއްގައި ވެސް ވައްކަމުގެ މައްސަލަތައް އިތުރުވުމެވެ. އެހެންކަމުން އެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އޭރު ވެސް ފުލުހުން ބުންޏެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަށްވުރެ ވައްކަމުގެ މައްސަލަތައް ވަނީ މި އަހަރުގެ ރޯދަމަހު މަދުވެފައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ