ޓްރީ ޓޮޕުން 2 ސްކޫލަކަށް ހެލްތު ސްކްރީނިން ކުރިއަށް ގެންގޮސްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ސަލާހުއްދީން ސްކޫލާއި ކާމިލް ދީދީ ސްކޫލުގެ ދަރިވަރުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު 3 އިން 17އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 640 ދަރުވަރުންގެ ހެލްތު ސްކްރީނިން ފުރިހަމަކޮށްފައިވެ އެވެ.
ތަފްސީލް - ސަލާހުއްދީން ސްކޫލް، ކާމިލް ދީދީ ސްކޫލް އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ބަލިތައް ދެނެގަތުމާއި ދަރިވަރުންނާއި ބެލެނިވެރިން އަދި ޒުވާން އުމުރުފުރައިގެ ކުދިންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމެވެ.
ސިއްހީ ދުޅަހެޔޮކަމަކީ ކޮންމެ ދަރިވަރެއްގެ ވެސް ތައުލީމީ ކުރިއެރުމަށް މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަސައްކަތްކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ބުނީ ކީކޭ؟ - "މިފަދަ ސްކްރީނިންތަކުގެ ސަބަބުން އެކިއެކި ބަލިތަކާއި ސިއްހީ މައްސަލަތައް ވީހާ ވެސް އަވަހަށް ދެނެގަނެވޭ. އަވަސް ފިޔަވަޅު އެޅުމަށާއި ދިރިއުޅުމުގެ އާދަތަކަށް ކުޑަ ބަދަލެއް ގެނެސްގެން 'ޕްރޯއެކްޓިވް ޓްރީޓްމަންޓެއް' އެބަ ފޯރުކޮށްދެވޭ،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދާރް ޖީ ވިދާޅުވި އެވެ.
"ކުރީކޮޅުގައި އެޅޭ ފިޔަވަޅަކީ ދުރު ރާސްތާގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެއް. މިއީ ބަލި ބޮޑުވުމުގެ ކުރިން އެ ކަންކަން ބަލަހައްޓައި ފަރުވާ ދިނުމަށް އެހީތެރިވެދޭ ކަމަކަށްވާތީ، ނުރައްކާތެރި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރެވޭ."
އެނގުން މުހިންމު - ސިއްހީ ސްކްރީނިން މަސައްކަތުގެ މުހިންމުކަން:
ދަރިވަރުންނާއި މުޅި މުޖުތަމައުގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮކަމުގެ ސަގާފަތެއް އާލާކުރުން
ސިއްހީ މައްސަލަތައް އަވަހަށް ދެނެގަތުމަށް އަމާޒުކޮށް، ވަގުތުން ފަރުވާދީ އަދި ރައްކާތެރިވުމަށް މަގުފަހިކޮށްދީ، ސިއްހީ ގޮތުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތްކުރުން
ކިޔެވުމަށް ހުރަސްއެޅޭ ސިއްހީ ސަބަބުތައް ހައްލުކުރުމަށް މަސައްކަތްކޮށް، ދަރިވަރުންގެ ތައުލީމީ ނަތީޖާ ރަނގަޅުކުރުމަށް އެހީތެރިވެދިނުން
މުޅި މުޖުތަމަޢުއަށް ފައިދާކުރަނިވި އަދި ދެމެހެއްޓެނިވި ސިއްހީ ހައްލުތައް ކުރިއެރުވުމަށް މަސައްކަތްކުރުން؛ މިކަން ކުރަނީ ދުރު ރާސްތާގެ ސިއްހަތާއި ދުޅަހެޔޮކަމުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ