މިދާކަށް ދުވަހު ދެއްކި ވާހަކައަކުން މާމިގިލީ ބުރުމާ އާދަނުގެ ގާސިމް ބުއްދި ގޯސްވެއްޖެޔޭ ހާދަ އެބަހީވެއެވެ. އެ ފާޑުގެ ވާހަކަ ދައްކަނީ ހަނދާންނެތޭ ބަލީގެ ޝިކާރައަކަށް ގާސިމު ވީހެއްޔެވެ. މިހާރަކަށް އައިސް ގާސިމު ދައްކަނިއްޔަކީ ސަލާމަތް ބުއްދި ހުރި މީހަކު ދައްކާ ޒާތުގެ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ.
ލަދު ހަޔާތުގެ ކަންފުޅެއް ހުރެ ބުއްދި ސަލާމަތުންހުރި ނަމަ ކުރީ ސަރުކާރޭ ކިޔައިގެން ގާސިމު މިހާރަކު ވާހަކައެއް ނުދައްކާނެއެވެ. ކުރީ ސަރުކާރަށް ވުރެ އެއްހާސް ޕަސެންޓް ގޯސްކޮށް މުއިއްޒު ސަރުކާރުން ކަންތައް ކުރާކަން ގާސިމަށް ނޭނގެނީހެއްޔެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ނޫންކަމެއް މުއިއްޒު ސަރުކާރުން ގާސިމަށް އޮތީއެއް ނޫނެވެ. މުއިއްޒު މެދުވެރިކޮށް ދައުލަތް ދަވާލުމުގެ ވިސްނުން ކިތަންމެ ބޮޑަސް ތިމާ އަމިއްލައަށް އޮރިޔާން ވާކަށް ނުވާނެއެވެ. މީހުން އަންނައުނު ލަނީ އޮރިޔާން ނިވާކުރާށެވެ.
ރައީސް ސޯލިހުގެ ވެރިކަމާ އެމްޑިޕީގެ އިސް އެތައް ބަޔަކާ ގުޅުން ކަނޑަވާލުމުގެ މައިގަނޑު އެއް ސަބަބަކީވެސް ގާސިމެވެ. 2018ގެ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ އަކުރުން އަކުރަން ތަންފީޒު ވިޔަނުދިނީ ވެސް ކޯލިޝަންގެ ތެރެއިން ގާސިމެވެ. ރާއްޖޭގެ ސަރުކާރުތަކުގައި އަޅާ ބޮޑުފަންޏަކީ ބުރުމާ ގާސިމް ނޫން ދެވަނަ މީހެއް ނޫނެވެ.
ކުރީ ސަރުކާރޭ ދަރަންޏޭ ކިޔައިގެން ގާސިމު އަނގަދިޔާ ކުރާއިރު ކުރީ ސަރުކާރުގެ ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ގާސިމު ނޫން ދެވަނަ މިހެއްގެއެއް ނޫނެވެ. ރައީސް ސޯލިހު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރކަމާއި ޓްރާންސްޕޯޓް މިނިސްޓަރ ކަންކުރީ ގާސިމެވެ. ގިނަ ދުވަސްތަކެއްގައި އެންވަޔަރމަންޓް މިނިސްޓަރ ކަމާއި ހެލްތު މިނިސްޓަރ ކަމާއި ފިޝަރީޒް މިނިސްޓަރކަން ކުރީވެސް ގާސިމެވެ. އެތައް ކުންފުންޏަކާއި ސިޔާސީ އެތައް ވަޒީފައެއް އޮތީ ގާސިމަށެވެ.
ގާސިމްގެ ބޮޑެތި ވިޔަފާރި މަސްލަހަތު ހުރި މިނިސްޓްރީތައް ހިސޯރުކޮށްގެން ނެގުނުހާ ފައިދާއެއް ގާސިމު ނެގިއެވެ. ކޮވިޑް ތެރޭގައި ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ ބޭނުންކޮށްގެން އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ބާރުކޮށް ގެންނެވި މީހަކީވެސް ގާސިމެވެ.
ރައީސް ސޯލިހު ސަރުކާރަށް އެންމެ ބޮޑު ހުތުރުނަމެއް ލިބުނު އެއްކަމަކީ ކޮވިޑް ވެންޓިލޭޓަރ މައްސަލައެވެ. ވެންޓިލޭޓަރ ގަތުމަށް ކަރުދާހު ކުންފުންޏަކާ ހަވާލުކުރަން ނިންމި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީން ފެށިގެން މިނިސްޓަރަށް ދަންދެން އެންމެންނަކީ ގާސިމުގެ އަޅުންނެވެ. މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ.
ކުރީ ސަރުކާރަށް ލިބުނު ހުތުރު ނަމެއް ލިބުނީ ގާސިމްގެ ސަބަބުންނެވެ. ވެންޓިލޭޓަރަކަސް އަލީ ވަހީދުގެ ޖިންސީ ފުރައްސާރައަށް ވިޔަސް ބަދަލު ދިނުން ކަމަށްވިޔަސް ޓްރާންސް ޕޯޓް ޑޮމެއިން މައްސަލަކަމަށް ވިޔަސް ނިސްބަތްވަނީ ސީދާ ގާސިމަށެވެ. ކުރީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ބޯވައެއްހެން ފައިތައް ބާނައިގެން އޮތީ ގާސިމެވެ. ކޯލިޝަން ޕާޓްނަރ ހެދިެން ކުރީ ސަރުކާރުން ބޮޑެތި މަންފާތައް ހޯދަން އުޅުނު ގާސިމް މުއިއްޒު މެދުވެރިވެގެން ދައުލަތް ނޮޅާލަން މިހުންނަނީ ހާދަވަރެކެވެ.
ސަރުކާރުތަކުގައި އަޅާ ބޮޑުފަންޏަކީ ގާސިމު ނޫން އެހެން ކާކު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ